އެމް.ޖޭ.އޭ | ޚަބަރު
ތަމްރީން ފުރުޞަޠު Print E-mail

ޚަބަރު

އަންނަ ޖޫން މަހު ނޭޕާލުގައި އޮންނަ ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު މި ޖަމިއްޔާ އަށް ލިބިފައިވެ އެވެ.

ވޯލްޑް ބޭންކުން އިންތިޒާމު ކުރާ އަދި ދެ ތިން ދުވަހުގެ ތަމްރީން ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ، ނިއުޓިރިޝަން އަދި ބިޒިނަސްގެ ދާއިރާ އަށެވެ.

ވީމާ މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ މެންދުރު 2ގެ ކުރިން އެމްޖޭއޭ އަށް ސީވީ ފޮނުއްވުމަށް ދަންނަވަމެވެ.

ފޯން: 7771060

 

 
އެޑިޓަރސް ގިލްޑެއް އުފެއްދުމަށް އެޑިޓަރުން އެއްބަސްވެއްޖެ Print E-mail

ޚަބަރު

ރާއްޖޭގެ މީޑީޔާގައި މަސައްކަތް ކުރާ އެޑިޓަރުން ފޮޓޯ: sun.mvރާއްޖޭގެ މީޑީޔާގައި މަސައްކަތް ކުރާ އެޑިޓަރުން ފޮޓޯ: sun.mvފަހަކަށް އައިސް ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލައި ތެދުވުމަށް އަދި ގާނޫނު އަސާސީ އިން ނޫސްވެރިކަމަށް ދީފައިވާ މިނިވަންކަމަށް ކުރިމަތި ކުރާ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖޭގެ ހުރިހާ މީޑިއާތަކުގެ އެޑިޓަރުން ގުޅިގެން "އެޑިޓާސް ގިލްޑް"އެއް އުފައްދަން ނިންމައިފި އެވެ.

ހުރިހާ މީޑީއާތަކުގެ އެޑިޓަރުން ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިފަހަކަށް އައިސް ނޫސް އިދާރާތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ޖިސްމާނީ ގޮތުން ދޭ އަނިޔާތައް އިތުރުވެގެން ދިއުމަކީ ހަބަރާއި މައުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާ ނޫސްވެރިން ފަސްޖެހި، ނަފުސާނީ ބިރުވެރި ކަމެއްގެ ތެރެއަށް ހުށަހެޅުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް އެޑިޓަރުން ފެންނަ ކަމަށެވެ.

އިތުރަށް...
 
ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލުން Print E-mail

އިއުލާން

އިންޑިޔާގެ އޭޝިޔަން ކޮލެޖު އޮފް ޖާނަލިޒަމްގައި އަންނަ މާޗްމަހުގެ 26 އިން އޭޕްރީލް 6 އަށް ބާއްވާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަޠު މިޖަމްޢިއްޔާއަށް ލިބިފައިވާތީ، އެ ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ނޫސްވެރިންނަށް އެފުރުޞަޠު ހުޅުވާލަމެވެ. ނޫސްއިދާރާތަކާއި ރޭޑިއޯ އަދި ޓީވީ ތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ބައިވެރިވުމުގެ ފުރުޞަޠު އޮތް މި ތަމްރީނު ޕްރޮގްރާމުގައި އަލިއަޅުވާލާނީ "ފްރީޑަމް އެންޑް ރެސްޕޮންސިބިލިޓީ އިން މީޑިޔާ" އަށެވެ.

މި ޓްރެއިނިންގ ޕްރޮގާރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ ތެރެއިން ފުރުޞަޠު ލިބޭނީ އެންމެ ފަރާތަކަށް ކަމުން، އެފަރާތް ހޮވާނީ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ މައިގަނޑު ޝަރުޠުތައްކަމުގައި ބަލާނީ، މިހާރުވެސް މަސައްކަތް ކުރާ ނޫސްވެރިއަކަށް ވުމާއި، އެނޫސްވެރިއަކު މަސައްކަތް ކުރާ އިދާރާއަކުން، އެނޫސްވެރިއަކު މިފަދަ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިޢުތިރާޒު ނުކުރުމާއި، ނޫސް އިދާރާއެއްގައި މަސައްކަތް ކުރާތާ މަދުވެގެން 2 އަހަރު ވެފައި ވުމެވެ.

އިތުރަށް...
 
އޮންލައިންކޮށް ހިންގާ ނޫސްވެރިކަމުގެ ކޯހަކަށް ފުރުސަތު ހުޅުވާލުން Print E-mail

 ޚަބަރު

06 ޑިސެމްބަރ 2011

އެމެރިކާ އެމްބަސީ އާއި އިންޓަނޭޝަނަލް ސެންޓާ ފޯ ޖާނަލިސްޓްސް ]އައިސީއެފްޖޭ[ އާ ގުޅިގެން އޮންލައިންކޮށް ހިންގާ ޓްރޭނިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ނޫސްވެރިންނަށް ވެސް ހުޅުވާލައިފި އެވެ.

"ނިއު މީޑިއާ، ނިއު ޗެލެންޖުސް: ބެސްޓް ޕްރެކްޓިސް އިންދަ ޑިޖިޓަލް އޭޖު"،ގެ ނަމުގައި ހިންގާ ކޯހުގައި ރާއްޖޭގެ ނޫސްވެރިންގެ އިތުރަށް، ބަންގުލާދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، އަދި ސްރީލަންކާގެ ނޫސްވެރިންނަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

އިތުރަށް...
 
"އުވިފައި"ވާ މީޑިއާ އެސޯސިއޭޝަނަށް ދައުލަތުގެ ބަޖެޓުން ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިންކަން ފަޅާ އަރައިފި Print E-mail

 ޚަބަރު

05 އޮކްޓޫބަރ 2011

މީގެ ހަތަރު އަހަރު ކުރިން އުފެއްދުމަށް ފަހު މިހާރު އެއްގޮތަކަށް ވެސް ހަރަކާތްތެރިނުވާ މޯލްޑިވްސް މީޑިއާ އެސޯސިއޭޝަންގެ މުވައްޒަފުންގެ މުސާރަ އަށް މި އަހަރު ސަރުކާރުން 456،000ރ. ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ދީފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށް އެ ކޮމެޓީން މިރޭ ބުނެފި އެވެ.

ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް ވިދާޅުވީ މީޑިއާ އެސޯސިއޭޝަންގެ މުވައްޒަފުންނަށް މުސާރަ ދީފައި ވަނީ މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ 100 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓުން ކަމަށް ވެސް ފިނޭންސުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ފައިސާ ދޫކޮށްފައިވާ ކަމަށް ފިނޭންސުން ދީފައިވާ ތަފުސީލުތަކުން ދައްކަނީ މިދިޔަ އޮގަސްޓް މަހު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އިިތުރު ތަފްޞީލު ހަވީރު ނޫހުގައި.

ނިމުނީ

 


ސަފްހާ 1 ގެ 13

އިޝްތިހާރު

ކްލިކް ކޮމްޕިއުޓަރސް
ކޮމްޕިއުޓަރާ ގުޅޭ ހުރިހާ ސާމާނެއް އެއްތަނަކުން ހޯއްދެވުމަށް ކްލިކް ޚިޔާރުކުރައްވާ

މިސައިޓުގައި އިޝްތިހާރު ކުރުމަށް
މެއިލް ފޮނުއްވާ އީމެއިލް

ޗެޓްކުރުމަށް

އެހެން ނެޓްވޯކްތަކުގައި

Digg Facebook Page Twitter

އެމް.ޖޭ.އޭ އަށް އެހީތެރިވުމަށް

ބައިވެރިން

އެމް.ޖޭ.އޭ އަކީ
މެންބަރެއް