ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އެމްބީސީއާއި ޙަވާލުވުން. Print E-mail

ނޫސްބަޔާން

15 ފެބްރުއަރީ 2012

ރާއްޖޭގައި ޕަބްލިކް ސާވިސް ބްރޯޑްކާސިޓިން އަކަށް ޖާގަ ހޯދުމަށް، ގާނޫނުގެ ދަށުން އުފައްދާފައި މޯލްޑިވްސް ބްރޯޑްކާސިޓިން ކޯޕަރޭޝަން "އެމްބީސީ" އާއި، ޓީވީ މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑު ހިންގަން ހަވާލުކުރުމަށް އާ ސަރުކާރުން ނިންމި ނިންމުމަށް މި އެސޯސިއޭޝަނުން މަރުހަބާ ކިޔަމެވެ. އަދި މިއަދު އެ ކޯޕަރޭޝަނުގެ ފަރާތުން އެ ދެ މުއައްސަސާ ހިންގުމާ ހަވާލުވެ، މަސައްކަތް ލައިންއަޕު ކުރުމަށް ފެއްޓި މަސައްކަތަށް ވެސް މަރުހަބާ ކިޔަމެވެ.

އަޅުގަނޑުމެން އުންމީދު ކުރަނީ، އާ ކޯޕަރޭޝަނުން އެ ދެ މުއައްސަސާއާ ހިންގަން ހަވާލުވެ ފެއްޓި މަސައްކަތުގައި ގާނޫނީ އިމުގެ ތެރޭގައި މަސައްކަތްކޮށް، ހަމަހަމަ ކަމާއި އިންސާފުގެ މަތީގައި އަދި ކުލައަކަށް ބެލުމެއް ނެތި، ގައުމީ މަސްލަހަތު އިސްކުރާނެ ކަމަށެވެ؛ އަދި ރައްޔިތުންގެ ފައިސާ އިން ހިންގާ ދެ މުއައްސަސާއެއް ކަން ދެނެތިބެ، ގައުމުގައި ވީދިފައިފާ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށް އެޑިޓޯރިއަލް ކޮންޓެންޓުގައި ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

ކޮމާޝަލް ޓީވީތަކާއި ރޭޑިއޯތަކާއި އަދި ނޫސްތަކަށް ވުރެ ބޮޑަށް، ދެފުށް ފެންނަ އަދި ރައްޔިތުންގެ އިތުބާރު ލިބޭ ގޮތަށް ހަބަރުތަކާއި ރިޕޯޓްތަކާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު، ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ބޮލުގައި އެޅިފައިވާކަން ގަބޫލުކޮށް، އެ ދެ މުއައްސަސާގެ އެޑިޓޯރިއަލް ކަންކަން ބެލުމަށް، މިނިވަން އަދި ޕްރޮފެޝަނަލް އެޑިޓޯރިއަލް ބޯޑެއް ކަނޑައަޅުން މުހިންމު ކަމުގައި މި ޖަމިއްޔާ އިން ދެކެމެވެ. އަދި އެފަދަ އެޑިޓޯރިއަލް ބޯޑެއްގައި ސިޔާސީ ކުލަތަކަށް ބަރޯސާވާ މީހުން ވީވަރަކުން މަދުކޮށް، މިނިވަން ބަޔަކު ކަނޑައެޅުމަށް ވެސް މި އެސޯސިއޭޝަނުން ގޮވައިލަމެވެ.

މި ޖަމިއްޔާ އިން ގޮވާލަނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނުގެ ގާނޫނުގައިވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގެ މަސްއޫލިއްޔަތުގެ ތެރޭގައި އިސްލާމްދީނާއި ދިވެހި ރާއްޖޭގެ ސަގާފަތާއި ބަސްކުރިއެރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލުކޮށް، ސަރުކާރުގެ ވިޔަސް އަދި ޕާޓީއެއްގެ ވިޔަސް، އެއިން ފަރާތެއްގެ ނުފޫޒުން އެއްކިބާވެފައިވާ އިނިސްޓިޓިއުޝަނަކަށް ހެދުމަށެވެ. އަދި އެ ދެ ތަނަކީ އެފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ދެ ތަން ކަން ރައްތިތުންނަށް ކަށަވަރުކޮށްދިނުމަކީ ވެސް އެމްބީސީގެ މަސްއޫލިއްޔަތެއްކަން ހަނދާންކޮށްދެމެވެ.

ޓީވީ މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑުގެ ހިދުމަތް ދެމުންދާ ގޮތް މި އެ ސޯސިއޭޝަނުން ފާރަވެރިކަމާއެކު ބަލާނެ ވާހަކަ މި ފުރުސުތުގައި ދަންނަވަމެވެ. 

15 ފެބްރުއަރީ 2012
 

އިޝްތިހާރު

ކްލިކް ކޮމްޕިއުޓަރސް
ކޮމްޕިއުޓަރާ ގުޅޭ ހުރިހާ ސާމާނެއް އެއްތަނަކުން ހޯއްދެވުމަށް ކްލިކް ޚިޔާރުކުރައްވާ

މިސައިޓުގައި އިޝްތިހާރު ކުރުމަށް
މެއިލް ފޮނުއްވާ އީމެއިލް

ޗެޓްކުރުމަށް

އެހެން ނެޓްވޯކްތަކުގައި

Digg Facebook Page Twitter

އެމް.ޖޭ.އޭ އަށް އެހީތެރިވުމަށް

ބައިވެރިން

އެމް.ޖޭ.އޭ އަކީ
މެންބަރެއް