މުޒާހަރާ ކަވަރު ކުރުމުގައި ޙަރަކާތްތެރިވާ ނޫސްވެރިންނަށާއި ތަކެއްޗަށް ގެއްލުން ލިބުން Print E-mail

ނޫސްބަޔާން

08 ފެބްރުއަރީ 2012

އެމް.ޑީ.ޕީ އިން މިއަދު މެންދުރު ފަހު މާލޭގައި ފެށި މުޒާހަރާ ކަވަރު ކުރުމަށް ޙަރަކާތްތެރިވާ ނޫސްވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބި، ހާނީއްކަ ވަމުން ދާތީ އާއި، މުޒާހަރާ ލައިވް ކުރުމަށް ރާއްޖެ ޓީވީން ބޭނުން ކުރަމުން ދިޔަ ކޭބަލެއް ފުލުހުން ނެގި ކަމަށް ބުނާ މައްސަލަގައި ދަންނަވަމަވެ.

ނޫސް އިދާރާތަކާއި ނޫސްވެރިން މިއަދު އަދާކުރަމުންދާ ޒިންމާއަކީ، ހިނގަމުންދާ މުޒާހަރާގެ ޚަބަރުތައް ކަވަރުކުރުމާއި އެކު އެމަޢުލޫމާތުތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިންމު ޒިންމާއެވެ. އެޒިންމާ އުފުލުމުގައި ނޫސްވެރިން ޙަރަކާތްތެރިވަނިކޮށް ނޫސްވެރިންނަށް ހުރަސްއަޅާ ނޫސްވެރިންނަށް އެމަޢުލޫމާތުތައް ލިބިނުގަނެވޭ ގޮތަކަށް ފަހަތަށް ޖެއްސުމަކީ ބަލައިގަނެވޭނޭކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ ޚަބަރާ މަޢުލޫމާތު ފަތުރާ އިދާރާތަކަކުން ބޭނުން ކުރާ އެއްޗެއްސަށް ގެއްލުންދީ ހުރަސް އެޅުމަކީ ކަންބޮޑުވާކަމެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ ބައެއް ރަށްރަށުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކަވަރު ކުރުމަށް ނޫސްވެރިން ޙަރަކާތްތެރިވާކަން ފާހަގަކުރަމުން އެނޫސްވެރިންނަށްވެސް ހުރަސްނޭޅުމަށް މިފުރުޞަޠުގައި ގޮވާލަމެވެ.

ރާއްޖޭގެ ވެރިކަން އިއްޔެ ބަދަލުވެ އާސަރުކާރެއް އުފެދިފައިވާ މިދަނޑިވަޅުގައި ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ޙަރަކާތްތެރިވާ ނޫސްވެރިންނާއި ޚަބަރުފަތުރާ ނޫސް އިދާރާތަކުން ތެދުވެރިކަމާއި ޒިންމާދާރުކަމާއި އެކު މަޢުލޫމާތު ފެތުރުމަށް މިޖަމްޢިއްޔާއިން ގޮވާލަމެވެ. ޒިންމާދާރުކަމެއް ނެތި ކަންހިނގާ ގޮތް ނޫން ގޮތްގޮތަށް ޚަބަރުތައް ފަތުރާނަމަ، އާންމުންނަށް ޙަޤީޤަތް އޮޅި، ކަންބޮޑުވުން އުފެދިގެން ދާނެކަން ހުރިހާ ނޫސްވެރިން ހަނދާން ބެހެއްޓުމަށް ގޮވާލަމެވެ.

08 ފެބްރުއަރީ 2012
 

އިޝްތިހާރު

ކްލިކް ކޮމްޕިއުޓަރސް
ކޮމްޕިއުޓަރާ ގުޅޭ ހުރިހާ ސާމާނެއް އެއްތަނަކުން ހޯއްދެވުމަށް ކްލިކް ޚިޔާރުކުރައްވާ

މިސައިޓުގައި އިޝްތިހާރު ކުރުމަށް
މެއިލް ފޮނުއްވާ އީމެއިލް

ޗެޓްކުރުމަށް

އެހެން ނެޓްވޯކްތަކުގައި

Digg Facebook Page Twitter

އެމް.ޖޭ.އޭ އަށް އެހީތެރިވުމަށް

ބައިވެރިން

އެމް.ޖޭ.އޭ އަކީ
މެންބަރެއް