ގެޒެޓާއި ގުޅިގެން ސަރުކާރަށް ފޮނުވި ސިޓީ Print E-mail

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ތަކުރާރުކޮށް މި ޖަމިއްޔާ އިން ބުނަމުން މި އަންނަނީ ސަރުކާރުގެ ގެޒެޓްވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަން ޖެހޭ މުހިންމު ގަވާއިދުތައް ފަދަ ތަކެތި ޝާއިއު ކުރާ އެއްޗަކަށް ކަމަށެވެ. ނަމަވެސް މަދު ސަފުހާތަކުން ފެށި ގެޒެޓް، ވޭތުވެ ދެ ތިން އަހަރުގެ ތެރޭގައި ބޮޑުވެ، ފަލަވަމުން ގޮސް މިހާރު އެ ފޮތުގެ ސަފުހާތަކުގެ އަދަދު 250 ސަފުހާއާ ގާތްކުރާ އިރު، ގެޒެޓްގައި ނުޖަހާއެއްޗެއް ނެތެވެ؛ ރަށްރަށުގެ ކައުންސިލްތަކުން ކުރާ ކުދިކުދި ކަންކަމުގެ އިތުރަށް ސަރުކާރުގެ އޮފީސްތަކަށް މުވައްޒަފުން ބޭނުންވެގެން ޖަހާ އިއުލާނާއި ކުދިކުދި އަދި އާދައިގެ މަސައްކަތްތައް ކުރުމަށް އެސްޓިމޭޓް ބޭނުންވެގެން ޖަހާ އިއުލާން ފަދަ ތަކެތި ވެސް ޝާއިއު ކުރަނީ ގެޒެޓްގަ އެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމުގެ ނަމުގައި އުފެއްދި ގެޒެޓް މިހާރު ހަމަ ޔަގީނުން ވެސް ގޮސްފައި ވާނީ، އެ އޭގެ ބޯމިނުގައި އަތް ނުފޯރުމުގެ އިތުރަށް ހަރަދުތައް ވެސް އަތް ނުފޯރާ އެއްޗަކަށެވެ.

އިތުރަށް...
 
ތަމްރީން ފުރުޞަޠު Print E-mail

ޚަބަރު

އަންނަ ޖޫން މަހު ނޭޕާލުގައި އޮންނަ ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު މި ޖަމިއްޔާ އަށް ލިބިފައިވެ އެވެ.

ވޯލްޑް ބޭންކުން އިންތިޒާމު ކުރާ އަދި ދެ ތިން ދުވަހުގެ ތަމްރީން ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ، ނިއުޓިރިޝަން އަދި ބިޒިނަސްގެ ދާއިރާ އަށެވެ.

ވީމާ މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ މެންދުރު 2ގެ ކުރިން އެމްޖޭއޭ އަށް ސީވީ ފޮނުއްވުމަށް ދަންނަވަމެވެ.

ފޯން: 7771060

 

 
ރާއްޖެ ޓީވީގެ ދެނޫސްވެރިއަކަށް ޙަމަލާ ދިނުން ކުށްވެރިކުރުން Print E-mail

ނޫސްބަޔާން

14 މާރޗް 2012

ރާއްޖޭ ޓީވީގެ ދެ ޕްރެޒެންޓަރުން ކަމަށްވާ މުހައްމަދު ޖިނާހާއި ގުފުތަކު އަޖީރަށް މިރޭ ހުޅުމާލޭގައި ހަމަލާދީ އަދި ޖިނާހަށް ތޫނުއެއްޗަކުން ދިން ހަމަލާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

މި ޖަމިއްޔާ އިން ދެކޭ ގޮތުގައި އެއީ ހިޔާލުފާޅު ކުރުމާ ދެކޮޅަށް ދިން ހަމަލާއެކެވެ. އަދި ގާނޫނު އަސާސީ އިން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމަށް ދީފައިވާ މިނިވަންކަން ހަނިކުރުމުގެ ގޮތުން ނޫސްވެރިން ބިރުދައްކައި ފަހަތަށް ޖެއްސުމަށް ކުރި ދަށު ދަރަޖައިގެ ކަމެއް ކަމަށް ވެސް  މި ޖަމިއްޔާ އިން ދެކެމެވެ.

މި ޖަމިއްޔާ އިން ދައުލަތުގެ މުއައްސަސާތަކަށް ގޮވާލަނީ އެފަދަ ދަށުދަރަޖައިގެ އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް އެ މީހުންނަށް ހައްގު އަދަބު ދިނުމަށް މަގުފަހިކޮށް ދިނުމަށެވެ.

14 މާރޗް 2012

 
އެމް.ޑީ.ޕީ ގެ ސަޕޯޓަރުން ވީޓީވީއަށް ހަމަލާދީ ނޫސްވެރިންނަށް ނުރައްކާ ކުރި މައްސަލަ ކުށްވެރިކުރުން Print E-mail

ނޫސްބަޔާން

19 މާރޗް 2012

ވީޓީގެ ބިއްލޫރިތައް ތަޅާލާފައިވީޓީގެ ބިއްލޫރިތައް ތަޅާލާފައިރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާ ޖަލްސާއަށް ހުރަސް އެޅުމަށް އެމް.ޑީ.ޕީގެ ސަޕޯރޓަރުން މަގުތަކުގައި ހިންގާ ހަމަނުޖެހުންތަކުގައި ވީޓީވީއަށް ދިން ޓެރަރިސްޓް ހަމަލާ މިޖަމްއިއްޔާއިން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. ހަމަ އެހެންމެ، ހަވީރުގެ ވީޑިއޯގްރާފަރު ސޮފްވާން އިބްރާހިމްގެ ޕްރެސް ފާސް އަތުލާ، ކެމެރާ ހަލާކުކޮށްލާފައިވާތީއާއި، އެހެން ބައެއް ނޫސް އިދާރާތަކަށާއި، ނޫސްވެރިންނަށް ބިރުދައްކަމުންދާ މައްސަލަވެސް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.

އެމް.ޑީ.ޕީގެ ސަޕޯރޓަރުންގެ މިހަމަލާތަކުގައި ވީޓީވީގެ ބިއްލޫރިތައްވަނީ ގާއުކާ ތަޅާލާފައެވެ. އަދި ވީޓީވީގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ބިރުދައްކާ ހަދާފައިވާކަމަށް އެފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ. ހަމަ އެހެންމެ އެހެން ނޫސް އިދާރާތަކުގައި މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށާއި، ފޮޓޯ ގްރާފަރުންނަށް ހުރަސްއަޅާ، މަޢުލޫމާތު ހޯދުމަށް ހުރަސްއަޅަމުންދާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.

އިތުރަށް...
 
އެމް.ޑީ.ޕީ ގެ ސަޕޯޓަރުން ނޫސްވެރިންނަށް ބިރުދެއްކުން Print E-mail

ނޫސްބަޔާން

10 މާރޗް 2012

މިދިޔަ ބުދަ ދުވަހުގެ ރޭ ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު، ސަރަހައްދުގައި އެމްޑީޕީ އިން ހިންގި ހަރާކަތްތައް ކަވަރު ކުރުމަށް ހަރަކާތްތެރިވި ދިޓީވީގެ ކެމެރާ ކުރޫއަށް ބިރުދައްކައި ކެމެރާގެ ވާގަނޑު އުފުރާލި މައްސަލަ އާއި ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ނަމުގައި މިދިޔަ ބުރާސްފަތު ދުވަހު އެމްޑީޕީ އިން މާލޭގެ މަގުތަކުގައި ބޭއްވި ހިނގާލުމުގައި ވީޓީގެ ދޮށަށް ގޮސް އެ ސްޓޭޝަނުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ބަހުން، ނަފްސާނީ ބިރު ދައްކައި ސްޓޭޝަންގެ އިސްވެރިން މަރަން ގޮވައި އަޑުގަދަ ކުރި މައްސަލައާ ގުޅިގެން ދަންނަވަމެވެ.

އެމްޑީޕީ އިން ސަރުކާރު ހިންގަމުން ދިޔަ އިރުވެސް އަދި މިހާރު ވެސް، ނޫސް ވެރިންނަށާއި ނޫސް އިދާރާތަކަށް އަމާޒުކޮށް ތަފާތު އެކިއެކި ހަމަލާތައް ދިނުމާއި ގޯނާ ކުރާ ކަމީ މިޖަމްޢިއްޔާ އިން ކަންބޮޑުވެ ހިތާމަ ކުރާކަމެކެވެ. އެހެނީ، ސިޔާސީ ގޮތުން ތަސައްރަފު ފުދިގެން ހަރާކާތްތެރިވާ ޕާޓީއަކުން އެފަދަ ނާތަހުޒީބު ޢަމަލުތައް ކުރުމަކީ، ބަލައިގަނެވޭނޭ ކަމެއްކަމުގައި ނުވާތީ އެވެ. ސިޔާސީ ގޮތުން، އެއްބައެއްގެ ހުންނަ ފިކުރަކީ އަނެއް ބައެއްގައި ހުރުން ލާޒިމު ފިކުރެއް ކަމުގައި ނުވާ އިރު، އެމްޑީޕީ އިން ހިންގާ ހަރާކާތްތައް ނޫސް އިދާރާތަކުން ގެނެސްދޭ ގޮތަކީ، އެއީ އެމްޑީޕީ އެންމެ އެދޭ ގޮތްކަމުގައި ނުވުމަކީ، ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް ހަމަލާދީ ގޯނާކުރަންވީ ސަބަބެއް ކަމުގައި ހެދުމަކީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އޮތް ކަމެކެވެ.

އިތުރަށް...
 
ސަންގެ ނޫސްވެރިއަކަށް އަނިޔާވުން Print E-mail

ނޫސްބަޔާން

07 މާރޗް 2012

ރޭ މޭލެތެރޭގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ހޯދަން ބޭނުންވި ބަޔަކު، ހެންވޭރު ޕާކު ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް، ފުލުހުން އެސަރަހައްދަށް ގޮސް އެމީހުން ހައްޔަރު ކުރަން އުޅުނު ވަގުތު، އެތަނަށް ދިޔަ ސަން އޮންލައިންގެ ފޮޓޯ ގްރާފަރަކަށް އަނިޔާވެފައިވާ މައްސަލައެއް އެމް.ޖޭ.އޭ އަށް ހުށަހެޅިފައިވާތީ އެމައްސަލަ އާއި ގުޅިގެން ދަންނަވަމަވެ.

ސަންގެ ފޮޓޯ ގްރާފަރަށް އަނިޔާވެފައިވަނީ ފުލުހުންގެ ފަރާތުންކަމަށް އޭނާވަނީ ބުނެފައެވެ. އަދި މިހާދިސާގައި މާބޮޑު އަނިޔާއެއް އޭނާއަށް ނުވިނަމަވެސް އެ ކަން ކުށްވެރިކުރަމެވެ.

އިތުރަށް...
 
ބްރޯޑްކާސްޓަރުންނަށް ލައިސަންސް ފުޅާކޮށްދިނުން Print E-mail

ނޫސްބަޔާން

22 ފެބްރުއަރީ 2012

ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް މުޅި ރާއްޖެ އަށް ބްރޯޑްކާސްޓް ކުރުމަށް ލައިސަންސް ދޫކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފެށި ފެށުމަށް މިޖަމްއިއްޔާ އިން މަރުޙަބާ ކިޔަމެވެ. އެގޮތުން ރާއްޖެ ޓީވީގެ ޚިދުމަތް މުޅިރާއްޖެ އަށް ފުޅާ ކުރުމަށް އެދުމުން އެފަރާތަށް އެ ހުއްދަ ދިން ފަދައިން އެހެން ބްރޯޑްކާސްޓަރުންނަށް ވެސް ހިފެހެއްޓުމެއް ނެތި ވަގުތުން ހުއްދަ ދިނުމަށް މި ޖަމިއްޔާ އިން ގޮވައިލަމެވެ.

ބްރޯޑްކާސްޓަރުންނަށް މިނިވަންކަމާ އެކު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އެއްވެސް ދާއިރާއެއްގެ ފިއްތުމެއް ނެތި މުޅިރާއްޖެ އަށް ލިބިގެން ދިއުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ތަފާތު މަޢުލޫމާތުތައް ލިބިގަތުމަށް ފުރުޞަޠު ހުޅުވިގެންދާނޭ ކަމެއް ކަމަށް މި ޖަމިއްޔާ އިން ދެކެމެވެ. އަދި ތަފާތު ޚިޔާލުތަކަށް ޖާގަ ހުޅުވިގެންދާނޭ ކަމެއްވެސް މެއެވެ. އަދި ހަމަ އެހެންމެ ޚަބަރާއި މައުލޫމާތު ފެތުރުމުގައި އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދިނުމާއި ތަފާތު ބާވަތްތަކުގެ ޚިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށް ފުރުޞަތު ލިބޭނެ ގޮތް ހަމަޖެއްސުމަކީ ވެސް މުހިންމު ކަމެއް ކަމަށް ދެކެމެވެ.

އިތުރަށް...
 

އިޝްތިހާރު

ކްލިކް ކޮމްޕިއުޓަރސް
ކޮމްޕިއުޓަރާ ގުޅޭ ހުރިހާ ސާމާނެއް އެއްތަނަކުން ހޯއްދެވުމަށް ކްލިކް ޚިޔާރުކުރައްވާ

މިސައިޓުގައި އިޝްތިހާރު ކުރުމަށް
މެއިލް ފޮނުއްވާ އީމެއިލް

ޗެޓްކުރުމަށް

އެހެން ނެޓްވޯކްތަކުގައި

Digg Facebook Page Twitter

އެމް.ޖޭ.އޭ އަށް އެހީތެރިވުމަށް

ބައިވެރިން

އެމް.ޖޭ.އޭ އަކީ
މެންބަރެއް